Post Image

އެ.މް.ވީ ނެވި ރަހީމް

މި ފޮންޓަކީ ނ.މަނަދޫ އަބްދުއްރަހީމްބެގެ އަތުލިޔުމެވެ. އިންޓަރނެޓް އިން ފެނުނު ލިޔުމަކުން އަކުރުތައް ނަގާފައި، ފޮންޓެއް ހަދަން ބޭނުންވީ އަކުރުތައް ލިޔެފައިވާ، އެއްގޮތްކަމާއި ފުރިހަމަކަމުންނެވެ. އެއީ ރަސްއައިނުގައި ނ.އަތޮޅުގެ މަސްވެރިކަމާއި، ގުޅޭ ގޮތުން ލިޔުއްވާފައިވާ ލިޔުމެކެވެ.

 މަރުހޫމް އަބްދުއްރަހީމްބެއަކީ ނ.އަތޮޅުގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ވަރަށް ހަރުދަނާ ހެޔޮލަފާ ބޭފުޅެކެވެ. ގިނަ ޒަމާންތަކެއް ވަންދެއް އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވި ނަމޫނާ ބޭފުޅެކެވެ. އަބްދުއްރަހީމްބެ ގެ ފުރިހަމަ ނަމަކީ އަބްދުއްރަހީމް އަބޫބަކުރެވެ.

އަބްދުއްރަހީމްބެގެ ލިޔުން ފެނުމުން ފޮންޓު ހަދަން ބޭނުންވެގެން އާއިލާ އާއި ވާހަކަ ދައްކުމަށްފަހު، ފޮންޓް ހެދީއެވެ. އެއާއިލާއަކީ ރަހުމަތްތެރި ގާތްކަން އޮންނަ އާއިލާއެކެވެ. މިކަމުގައި އަބްދުއްރަހީމްބެގެ ދަރިންގެ ތެރެއިން އަލީ މާޖިދު އަދި މާޖިދާއާއި ވާހަކަ ދެއްކީމެވެ. ފޮންޓްގެ ނަމަކީ އާއިލާ އިން ދީފައިވާ ނަމެކެވެ. މާތްﷲ އަބްދުއްރަހީމްބެގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރުކުރަށްވާށިއެވެ.

ފޮންޓް ޓެސްޓް ކުރުމަށް ބޭނުންވާ ބަހެއް ލިޔޭ

[fontsampler id=12]

[wpdm_package id=’34825′]

svgއެ.މް.ވީ އިޒިޔަން ލިޔުން
svg
svgއެ.މް.ވީ އަލްރަމް

ހިޔާލު ލިޔޭ