Post Image

އެމްވީ  މަރްޔަމް 

ރަށު މީހުން ކިޔާ ގޮތުންނަމަ މަރިޔަމް ކޮއި ނުވަތަ މަގޫދޫ މަަރިޔަމްކޮއިއެވެ. އެއީ ބައްޕަ ފަރާތު މާމައެވެ. މާމައަކީ މަގޫދޫ އުފަން މަގޫދޫ މީހެކެވެ. އަހަރެން ކުޑައިރު މާމަ ނިޔާވިނަމަވެސް މާމަގެ ހަނދާންތައް ފިލާ ނުދެއެވެ. ކުޑައިރު އަހަރުމެން ކިޔަނީ އެކޮޅު މާމައެވެ. މާމަ އުޅެނީ ރަށުގެ އަނެއް ކޮޅުގައެވެ. ހަނދާން ހުންނަން ފެށިއިރު ނަޖީބާއްތަ ކައިރީގައެވެ. ހެނދުނު ހެނދުނާ ސްކޫލަށް ދާން ފެންވަރައިގެން ނިކުންނައިރު ގެއައް އައިސް ހުންނާނެއެވެ. އަހަރެންގެ މޫނުގައި މާމަ ފުއްޖަހާއި ރީތިކުރާ ހަނދާން ހުރެއެވެ. ބޫޓާއި އިސްޓާކީނަށް އަރުވައިގެން އަތުގައި ހިފައިގެން ސްކޫލަށް ގެންަދިޔަ ހަނދާންހުރެއެވެ. ހެނދުނު ހެނދުނާ މާމަ ދަރިންގެ ހާލު ބަލަން އެކި ގެތަކަށް ޒިޔާރަތްކުރި ދަރިން ދެކެ ވަރަށް ލޯބިވާ ހެޔޮލަފާ މާމައެކެވެ. އެހާމެ ހިތްވަރު ގަދައެވެ. ކެތްތެރިއެވެ. ދިމާވާ ކޮންމެ ފަހަރަކު ބޮލުގައި ފިރުމާ ހަދައެވެ. މާމަ ނިޔާވީ ދުވަހު އެކަނި ހުރެ ވެސް އެތައް އިރަކު ރޮވުނެވެ.

ފޮންޓް ޕްރޮޖެކްޓް ދެމެހެއްޓެނިވިގޮތެއްގައި ކުރިޔައް ގެންދިއުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް

ފޮންޓް ޓެސްޓް ކުރުމަށް ބޭނުންވާ ބަހެއް ލިޔޭ

[fontsampler id=27]

[wpdm_package id=’35006′]

svgއެމްވީ ތިކި އަކުރު
svg
svgއެމްވީ ފާތިމަތު

ހިޔާލު ލިޔޭ